ފަހުގެ
އެންމެ ފަހުން ޝާއިއުކުރި ހަބަރުތައް.
މޯލްޑިވްސް ޓްރާންސްޕޯރޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ކޮންމެ ހިއްސާއަކަށް 3 ރުފިޔާ ބެހުމަށް ފާސްކޮށްފި އެވެ. މި ގޮތަށް ފާސްކުރީ އެ ކުންފުނީގެ2025 ވަނަ އަހަރު އަހަރީ ޖަލްސާގައެވެ. މި ޖަލްސާގައި އެ ކުންފުނީގެ59 ހިއްސާދާރުން ވަނި ބައިވެރިވެފައެވެ. އަދި ޕްރޮކްސީ މެދުވެރިކޮން14 ހިއްސާދާރުން ވަނީ ތަމްސީލުކޮށްފައެވެ. މި ޖަލްސާގައި2025 ވަނަ އަހަރަށް ހިއްސާގެ ފައިދާގެ ގޮތުގައި މޫނުމަތީ އަގު 5 ރުފިޔާގެ ކޮންމެ ހިއްސާއަކަށް 3 ރުފިޔާގެ ބެހުމަށް ވަނީ ފާސްކޮށްފައެވެ. އަދި […]
ތިލަމާލޭ ބުރިޖުގައި ހިމެނޭ ތިލަމާލެ އާއި ގުޅިފަޅު ގުޅުވާލައިފިއެވެ. ހައުސިން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބް ސޯޝަލްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިލިމާލެއާއި ގުޅިފަޅާ ގުޅުވާލާފައި ވާކަމަށް ވަނީ ވިދާޅުވެފައެވެ. އަދި މި ޕޯސްޓުގައި ބްރިޖުގެ މަސައްކަތް ކުރާ އެފްކޮންސް އަދި އިންޑިއާ ސަރުކާރަށް ވަނީ ޝުކުރު ދަންނަވާފައެވެ. މިއީ6.74 ކިލޯމީޓަރުގެ ބުރިޖެއްކެވެ. ތިލަމާލެ ބްރިޖުން ވިލިމާލެ އާއި ގުޅިފަޅު މި ގުޅުވާލީ، މާލެ އާއި ވިލިމާލެ ގުޅުވާލިތާ ދެ މަސް ފަހުނެވެ. ތިލަމާލެ ބްރިޖުން މާލެ އާއި […]











