ގައުމީ އެއްވެސް ރުކުނަކަށް އުނިކަމެއް އަންނާނެ ކަމެއް ނުކުރާނަން: ރައީސް

ގައުމީ އެއްވެސް ރުކުނަކަށް އުނިކަމެއް އަންނާނެ ކަމެއް ނުކުރާނެ ކަމުގެ ޔަގީން ކަން ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ ނަސްރު ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސް ވަނީ ދިވެހިރާއްޖޭގެ ސައްތައިންސައްތަ އިސްލާމްވަންތަކަމާއި ދިވެހީންގެ ފުރިހަމަ މިނިވަންކަމާއި ދިވެހީންގެ އަމިއްލަވަންތަކަން ފަދަ ގައުމީ އެއްވެސް ރުކުނަކަށް ކުޑަވެސް އުނިކަމެއް އަންނާނެ ގޮތައް އެއްވެސް ކަމެއް ނުކުރައްވާނެ ކަމަށް ވިދާޅުވެފައެވެ.
މީގެ ބަދަލުގައި އެމަނިކުފާނުގެ ނިންމާ ކޮންމެ ނިންމުމެއް ވެގެން ދަނީ ދިވެހި ގައުމީ އެންމެހައި ބަހާތަކަށް ފުރިހަމަ ދިރުވާ، އާރޯކަމާއި، ހިމާޔަތާއި، ރައްކާތެރިކަން ކަށަވަރުކޮށްދޭ ނިންމުންތަކަކަށް ކަމަށް ވިދާޅުވިއެވެ. އަދި ދިވެހި ރައްޔިތުންނަށް އާ ހަޔާތެއް ހޯދައިދިނުމުގެ މަތިވެރި އުފަލާއި، ޔަގީންކަން އެމަނިކުފާނު ދެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ހަތިޔާރުގެ އަޅުވެތިކަމުން ދިވެހި ގައުމު މިނިވަންކުރި ފަދައިން، ދަރަނީގެ އަޅުވެތިކަމުން ދިވެހި ގައުމު ސަލާމަތްކޮށް، އިގްތިސާދީ މިނިވަންކަން ގާއިމުކުރަންޖެހޭ ކަމަށް ވެސް ވަނީ ފާހަގަކުރައްވާފައެވެ. ފުދުންތެރި، ބާއްޖަވެރި އަދި އުފާވެރި ދިރިއުޅުމެއް ރައްޔިތުންނަށް ހޯދައިދިނުމުގެ އެންމެ އަސާސީ ބިންގަލަކީ ގައުމުގެ އިގުތިސާދީ މިނިވަންކަން ގާއިމްވެފައި އޮތުންކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.
އެހެންވެ، ކޮންމެ ދިވެހި ރައްޔިތެއް ވާންވާނީ ވެރިކަމުގެ ދަހިވެތިކަމާއި، ހަސަދަވެރިކަމުގެ ކުރިއަށް، ގައުމީ ސަލާމަތާއި، ފުދުންތެރިކަމާއި، ދިވެހި ކޮންމެ ފަރުދެއްގެ އުފާވެރިކަމަށް ތަންދޭ ބަޔަކަށް ކަމަށް ވަނީ ވިދާލުވެފައެވެ. ދަރަނީގެ އަޅުވެތިކަމުގައި ފަނާވާން ނުތިބެ، ފުދުންތެރިކަމަށް މަރުހަބާ ކިޔަން ޖެހޭކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.
ރައީސްގެ ވާހަކަ ފުޅުގައި ކޮންމެ ދިވެހި ރައްޔިތެއް ވާންވާނީ ގައުމު ދެކެ ލޯބިވާ، ގައުމީ ފިކުރު އިސްކުރާ، ގައުމަށްޓަކާ ވާންޖެހޭ އެންމެހާ ގުރުބާނީއެއް ވުމަށް ތައްޔާރަށް ހުރި މީހަކަށް ކަން ފާހަގަކުރައްވާފައެވެ. އަދި ގައުމަށްޓަކާ ގުރުބާނީވި ބަތަލުން ނަމޫނާއަކަށް ބަލާ އެފަދައިން ގައުމު ދެކެ ލޯބޮވާ ބަޔަކަށް ވުމަށް ރައީސް ވަނީ އިލްތިމާސްކޮށްފައެވެ.




ކޮމެންޓު