އަންނަ ބުރާސްފަތި ދުވަސް ސަރުކާރު ބަންދު

އަންނަ ބުރާސްފަތި ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ބުރާފަތި ދުވަސް ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ނިންމަވާފައި ވަނީ ރާއްޖޭގެ ޖުމްހޫރީ ދުވަސް ކަމަށްވާ ނޮވެންބަރު 11 ވަނަ ދުވަހާ ގުޅިގެންނެވެ. ނޮވެންބަރު 11 އަކީ ކޮންމެ އަހަރަކު ވެސް ގައުމީ ބަންދު ބަންދު ދުވަހެކެވެ. އެހެންކަމުން މިއަހަރުވެސް ޖުމްހޫރީ ދުވަހާ ގުޅިގެން އަންނަ ނޮވެންބަރު 12 ވާ ބުރާސްފަތި ދުވަހަކީ ރަސްމީ ދުވަހެއް ކަމަށްވާތީ، ބަންދު ދުވަސްތަކަށް މެދުކެނޑުމެއް ނައިސް މުވައްޒަފުންނަށް ޗުއްޓީ ލިބޭނޭގޮތް ހަމަޖައްސަވައި ދިނުމައްޓަކައި އެ ދުވަހަކީ ވެސް ސަރުކާރު ބަންދު ދުވަހެއް ގޮތުގައި ކަނޑައެޅުމަށް ރައީސް ވަނީ ނިންމަވާފައެވެ.
ނޮވެންބަރު 11 ފާހަގަކުރަނީ 1968ގައި ރާއްޖެއަށް ދެވަނަ ފަހަރަށް ޖުމްހޫރީވެރިކަމެއްއައީ އެ ދުވަހު ކަމަށްވާތީ، އެ ތާރީހީ ދުވަސް ކޮންމެ އަހަރަކު ވެސް ފާހަގަ ކުރުމަށްޓަކައެވެ. މި ދުވަހަކީ ކޮންމެ އަހަރަކު ވެސް ދިވެހި ރާއްޖޭގައި ވަރަށް ކުލަގަދަކޮން ފާހަގަ ކުރާ ދުވަހެކެވެ.




ކޮމެންޓު